Wednesday, November 4
ރިޔާޟުގެ އެއަރޕޯޓަށް މިސައިލް ހަމަލާއެއް ދިން ކަމަށް ހޫޘީން ބުނެފި

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ބެލިސްޓިކް މިސައިލަކުން ހަމަލާދިން ކަމަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ބުނެފިއެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރީ ބުނީ، އެ ޖަމާޢަތުން ފޮނުވި މިސައިލް ސީދާ އެއަރޕޯޓަށް ވާޞިލުވެ، އެތަނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މި ހަމަލާއަށް ފަހު، އެއަރލައިންތަކާއި އެއަރޕޯޓުތަކުގެ މުވައްޒަފުންނާއި ދަތުރުވެރިންނަށް އިންޒާރުދެމުން، މައްކާއާއި މަދީނާ ފިޔަވައި ސަޢޫދީ ޢަރަބިއްޔާގެ އެހެން ސަރަޙައްދުތަކުގެ ވައިގެ ސަރަޙައްދު ބޭނުން ނުކުރުމަށް ސާރީ ވަނީ ގޮވާލާފައެވެ.

ހޫޘީން ދިން މި ހަމަލާއާ ގުޅިގެން ސަޢޫދީގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު