އާދިއްތަ, November 1
ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރުالله އަވަހާރަވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފި

ބެއިރޫތުގެ ދެކުނުގެ އަވަށަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲ ޖަމާއަތުގެ ލީޑަރު އަދި އެ ޖަމާއަތުގެ ފައުންޑިން މެމްބަރެއް ކަމަށްވާ ޙަސަން ނަޞްރުالله މަރާލާފައިވާކަމަށް އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

ބާރުގަދަ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ޒަމާންވީ ލީޑަރު އަވަހާރަކޮށްލުމާއެކު ލުބްނާނާއި މެދުއިރުމަތީގެ އެކި ކަންކޮޅުތަކަށް ވަނީ ސިހުމެއް ލިބިފައެވެ.

އިޒްރޭލުން ނަޞްރުﷲ އަވަހާރަކޮށްލާފައި މިވަނީ އިސްރާއީލާއި ޔަހޫދީންގެ އެކި ތަންތަނަށް އަމާޒުކޮށް ހިޒްބުﷲއިން ދީފައިވާ އެތަކެއް ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އެ ގައުމުން ނަޞްރުﷲ އަވަހާރަކޮށްލަން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ނަޞްރުﷲ އަވަހާރަކޮށްލައިފައި ވަނީ ހުކުރު ދުވަހު ހިޒްބުاللهގެ ލީޑަރުން ބެއިރޫތުގެ ދެކުނުގައި ހުންނަ އެ ޖަމާއަތުގެ ހެޑްކުއާޓަރަކަށް ދިން ވައިގެ ހަމަލާއަކުންނެވެ.

ނަޞްރުالله އަވަހާރަކޮށްލުމާ ގުޅިގެން މީޑިޔާތަކަށް މައުލޫމާތުދެމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ނަޞްރުالله އަވަހާރަކޮށްލުމަކީ އެ މީހުން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށެވެ.

ނަތަންޔާހޫ ބުނި ގޮތުގައި ނަޞްރުالله އަވަހާރަކޮށްލުމުން ލުބުނާނުގައި ގެދޮރު ގެއްލިފައިވާ އިސްރާއީލު މީހުން އުތުރުގައި ތިބި ގެތަކަށް ގެނައުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޣައްޒާގައި ހަމާސް ޖަމާއަތުގެ އަތްދަށުގައި ތިބި އިސްރާއީލުގެ މީހުން މިނިވަން ކުރުން ވެސް ފަސޭހަވެގެން ދާނެއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ހުކުރު ދުވަހު ދިން ހަމަލާތަކުގައި ހަ މީހުން މަރުވެ 91 މީހުން ވަނީ ޒަޚަމްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު