އާދިއްތަ, November 1
އެމެރިކާ ޔޫކްރެއިންއިން ނުކުންނަން ޖެހޭ: ޓްރަމްޕް

އެމެރިކާއިން ޔޫކްރެއިންގެ މައްސަލައިން ނުކުތުމުގެ ސާފު ސްޓްރެޓެޖީއެއް ބޭނުންވާ ކަމަށް ޓްރަމްޕްގެ ކެމްޕެއިން އެއްވުމެއްގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ވިދާޅުވެއްޖެއެވެ.

އަދި އޭނާގެ ޑިމޮކްރެޓިކް ވާދަވެރިޔާ ކަމަލާ ހެރިސްއާއި ރައީސް ޖޯ ބައިޑަންގެ ވެސް އެފަދަ ޕްލޭނެއް ނެތް ކަމަށް މި އެއްވުމުގައި ވިދާޅުވިއެވެ.

މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދީ ކަމާލާ ހެރިސް އާއި ރައީސް ޖޯ ބައިޑެން ކަމަށާއި، އެ ދެ ބޭފުޅުން ހަނގުރާމައިގެ ތެރެއިން އެމެރިކާ ނެރުމަށް ނުކުޅެދިފައިވާކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ހަނގުރާމައިގެ ތެރެއިން ނިކުތުމަށް އޮތް ހަމައެކަނި ހައްލަކީ އޭނާ އެމެރިކާގެ ރައީސެއްގެ ގޮތުގައި ހޮވުން ކަމަށާއި، ރައީސްކަމަށް އިންތިޚާބު ވެއްޖެނަމަ ހަނގުރާމައިން ނުކުތުމަށް މަޝްވަރާތައް ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ހޯމަ ދުވަހު ބޭއްވި އެހެން ކެމްޕެއިން އެއްވުމެއްގައި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ބޭނުންފުޅުވަނީ ޑިމޮކްރަޓްސްގެ ވެރިކަން އެމެރިކާގައި ދެމިއޮންނަން ކަމަށެވެ. އަދި ކަމާލާ ހެރިސް އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އޭނާ އެމެރިކާއަށް އަންނަ ކޮންމެ ފަހަރަކު 60 ބިލިއަން ޑޮލަރުގެ އެހީ ލިބޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޒެލެންސްކީ މިވަގުތު ހުންނެވީ އެމެރިކާގައެވެ. އަދި މި ދަތުރުފުޅުގައި އޭނާ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ނައިބު ރައީސް ކަމަލާ ހެރިސްގެ އިތުރުން ކޮންގްރެސްގެ މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު