އާދިއްތަ, November 1
ސްރީލަންކާގެ އާ ރައީސް، އެ ގައުމުގެ ޕާލަމެންޓް އުވާލައްވައިފި

ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕާލަމެންޓް އުވާލައްވައިފިއެވެ.

މި ހަފުތާ ބަންދުގައި ސްރީލަންކަގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ވެރިކަން ހަރުދަނާ ކުރުމުގެ ގޮތުން ދެ މަސް ދުވަހުގެ ތެރޭގައި ޕާލަމެންޓް އިންތިޚާބެއް ބޭއްވުމަށް އެ މަނިކުފާނުވަނީ އިއުލާނު ކުރައްވާފައެވެ.

ސްރީލަންކާގެ ސަރުކާރުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ޕާލަމެންޓް އުވާލައްވާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް  ހަމަޖެހިފައިވާ ކަމަށެވެ.

ސްރީލަންކާގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަށް އަނޫރަ ކުމާރަ ޑިސެނަޔަކަ، އެ މަނިކުފާނުގެ އިންތިޚާބީ ކެމްޕޭނުގައި، އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ މަޖިލިސް އުވާލައްވައި އަވަސް އިންތިހާބެއް ބާއްވަން ވައުދުވެވަޑައިގެންފައެވެ.

225 މެމްބަރުން ހިމެނިވަޑައިގަންނަވާ ޕާލަމެންޓުގައި ޑިސަނަޔަކަގެ ޕާޓީއަށް ލިބިފައިވަނީ އެންމެ ތިން ގޮނޑިއެވެ. އަވަސް އިންތިޚާބެއް ބޭއްވުމުން ޗެމްބަރުގެ ކޮންޓްރޯލް ހޯއްދެވުމަށް ޑިސަނަޔަކަޔަށް މަގުފަހިވެގެންދާނެއެވެ.

ޑިސަނަޔަކަ ސްރީލަންކާގެ ޕާލިމެންޓް އުވާލައްވާފައި މިވަނީ އެ މަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ އަންހެން މެމްބަރެއް ކަމުގައިވާ ހަރީނީ އަމަރަސޫރިޔާ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށްފަހުއެވެ. މަގާމުގެ ހުވާ ކުރެއްވުމާއެކު އެކަމަނާ ވެގެން ދިޔައީ މިދިޔަ 24 އަހަރުގެ ތެރޭގައި ސަރުކާރު ހިންގުމުގައި އިސްކޮށް ހުންނެވި ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު