އާދިއްތަ, November 1
އެމެރިކާގެ ސީކްރެޓް ސަރވިސްއިން ޓްރަމްޕްގެ ސެކިއުރިޓީ ވަރުގަދަކުރަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ދެ ހާދިސާއަކާ ގުޅިގެން ޓްރަމްޕްގެ ވަށައިގެންވާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން އެމެރިކާގެ ސީކްރެޓް ސަރވިސްއިން ނިންމައިފިއެވެ.

ޓްރަމްޕް އަވަހާރަކޮށްލަން ފުރަތަމަ ހަމަލަދީފައިވަނީ މިދިޔަ ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައެވެ. ނަމަވެސް ސީކްރެޓް ސާވިސްއިން ވަނީ މި ހަމަލާ ނާކާމިޔާބު ކޮށްލާފައެވެ. މި ހާދިސާގައި ޓްރަމްޕްގެ ކަންފަތަށް ޒަޚަމްތަކެއް ލިބުނުއިރު، އެތަނަށް އެއްވެ ތިބި އާންމުންގެ ތެރެއިން އެކަކު މަރުވެ ދެ މީހަކު ވަނީ ޒަޚަމްވެފައެވެ.

މިމަހުގެ ކުރީކޮޅު ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގޮލްފް ކޯހުގެ ކައިރިން އެމެރިކާގެ ސީކްރެޓް ސާވިސްއިން ވަނީ 58، އަހަރުގެ ރަޔަން ވީސްލީ ރައުތު ކިޔާ މީހަކު ހައްޔަރު ކޮށްފައެވެ. ރަޔަން ވީސްލީ ހައްޔަރު ކުރީ ފިލައިގެން ގޯލްފް ކޯސްއަށް ވަދެ އުޅެނިކޮށް އެތާ ހަރަކާތްތެރި ވަމުންދިޔަ ސީކްރެޓް ސާވިސްގެ އޭޖެންޓުންނަށް ފެނުމުން ފިލަން މަސައްކަތް ކުރުމުންނެވެ. އޭނާ ހައްޔަރުކުރިއިރު އޭނަގެ އަތުން ހަތިޔާރަކާއި އެއަށް ބޭނުންވާ ވަޒަން ވަނީ ފެނިފައެވެ.

ސީކްރެޓް ސާވިސްއިން މައުލޫމާތުދޭ ގޮތުގައި  ސަލާމަތީ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވަނީ އަޅަންފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު