އޮސްޓްރިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގްރާޓްސްގެ ސެކަންޑަރީ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ނުވަ މީހަކު މަރުވެއްޖެއެވެ.
އެ ޤައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނާ ގޮތުގައި މި ހާދިސާގައި ނުވަ މީހަކު މަރުވެފައިވެއެވެ. ނަމަވެސް، ސިޓީގެ މޭޔަރާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައެވެ.
"ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަމަލާދިން މީހާވެސް ހިމެނެއެވެ. މި ހާދިސާ ހިނގީ އޮސްޓްރިއާ ގަޑިން މިއަދު 10:00 (ރާއްޖެ ގަޑިން 13:00) ގައެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ އަދަދު އެ ޤައުމުގެ ފުލުހުން ތަފްސީލްކޮށްދީފައި ނުވާއިރު، ފުލުހުން ބުނީ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށާއި، މިހާރު ހާދިސާ ހިނގި ސްކޫލް ރައްކާތެރި ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން