ސްރީ ލަންކާގެ އާ ސަރުކާރުން މަސްތުަވާ ތަކެއްޗާއި ދެކޮޅަށް ފަަށާފައިވާ ހަނގުރާމައިގެ ދަށުން އެ ގައުމުގެ 40،000 އަށް ވުރެ ގިނަ މީހުން ބަންދު ކޮށްފިއެވެ.
ފާއިތުވި ޑިސެމްބަރު 17 ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި 13،800 ތަނެއް ބަލާ ފާސްކޮށް 1،123 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 126 އަށްވުރެ ގިނަ ހަނގުރާމަވެރި ހަތިޔާރުވެސް އަތުލައިގަނެފައި ވެއެވެ.އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ގިނަ އަދަދަކަށް މެތް އެމްފެޓަމިން އާއި ހެރޮއިން އަދި ކެނަބިސް ހިމެނެއެވެ.
މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށުގެ މައްސަލަތައް އެގައުމުގައި ފާއިތުވި އަހަރު ތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ.މި ގޮތުން ބަޑީގެ ހަމަލާ ތަކުގައި މީހުން މެރުމާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަރަަށް ބޮޑަށް އިތުރު ވެގެން ގޮސްފައިވެއެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު މަންނުކާ ބުއްޑިކާ ބުނި ގޮތުގައި، މިހާރު ކުރިޔަށްދާ އޮޕަރޭޝަނު ގައި ގައިދު ކުރެވުނު މީހުންގެ ތެރެއިން 940 މީހުންނަކީ ނުރައްކާތެރި ކުށުގެ ރިކޯޑް އޮތް މީހުން ކަމަށާއި 14000 ވުރެ ގިނަ މީހުންނަކީީ ކޯޓް އަމުރު ހައްޔަރު ކުރަން އޮވެމެ ފިލައިގެން އުޅޭ މީހުން ކަމަށެއެވެ.މަސްްތުވާތަކެއްޗާއި ގުޅުން ހުރި ކުއްތަކުގައި 1600 މީހުން ބަންދު ކޮށްފައިވާ އިރު 11،000 އަށް ވުރެ ގިނަ ޓްރަކް ދުއްވާ މީހުންވެސް މި ކަަމާއި ގުޅުން ހުރި އެކި އެކި ތުހުމަތު ތަކުގައި ބަންދު ކޮށްފައި ވެއެވެ.
ބަންދު ކޮށްފައިވާ މީހުންގެ ތެރެއިން މަސްތުވާތަކެއްޗަށް އަޅުދާސްތު ވެ ފަރުވާ ބޭނުންވާ މީހުން ބަންދު ކޮށްފައި ވަނީ ސޮމްވަތިޔާ ނޭޝަނަލް ޕާކުތެރޭގައި ވާ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ހިންގާ ކަންޑަކަަޑޫ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގައެވެ.2022 ވަނަ އަހަރުން ފެށިގެން ހިންގާ މި ރީހެބުން 600 މީހުން ފިލައިގެން މީގެ ކުރިންް ގޮސްފައިވެެެއެވެ.ފިލައިގެން ދިޔަ މީހުންގެ ތެރެއިން މީހަކު ފެންގަނޑެއްތެރޭ ބާއްްވައިން ނޭވާ ހާސްކޮށް މަރާލިކަމުގެ ތުހުމަތު ލަންކާގެ އަސްކަރިއްޔާ މައްޗަށް ކުރެވި އެ ގައުމުގެ މަޝްރަހު އެދުވަސް ވަރު ވަރަށް ހޫނު ވެގެން ވެސް ދިޔައެވެ.
ދުނިޔޭގެ އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ޖަމާއަތް ތަކާއި އ.ދ އިންވެެސް ވަނީ ލަންކާ ސަރުކާރުން މި ''ހަނގުރާމައިގަ'' ހައްޔަރު ކުރާ މީހުންނާ ދޭތެރޭ އިހާނެތިކޮށް ގާނޫނީ އިމުގެ ބޭރުން އަމަލު ކުރާކަމަށް ތުހުމަތު ކޮށް ވަގުތުން މި ކަންް ހުއްޓާލުމަށް ގޮވާލާފައެވެ.އެގޮތުން ހައްގުތައް ހަނި ކޮށްފައިވާ ކަމަށާއި މިނިވަން އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތުވެސް ނުލިބޭ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތް ތަކުންނާއި އ.ދ އިން ބަންދު ކުރާ މީހުންގެ ދިފާއުގައި ކޮންމެ ވާހަކަ އެއް ދެއްކިނަމަވެސް މި ''ހަނގުރާމަ'' ހުއްޓާ ނުލާނެ ކަމަށް ލަންކާގެ އާއްމު ސަލާމަތާއި ބެހޭ މިނިސްޓަރު ޓިރަން އެލެސް ބުންޏެއެވެ.
"އަހަރެމެން މިކަން ނުހުއްޓާނަން، އަދި މި ކަމުގެ ގެެންގުޅޭ އުސޫލުތަކާއި ގަވާއިދު ތަކަށްވެސް ބަދަލެއް ނުގެންނާނަން، މީ މި ގައުމުގެ އަންނަން އޮތް ޖީލުތަކުގެ ދިފާއުގައި ކުރާ ކަމެއް، މި ގައުމުގެ އެތަކެއް މައިންނާއި އާއިލާތަކުގެ ދިފާއުގައި ކުރާ ކަމެއް'' ޓިރަން އެލެސް ބުންޏެއެވެ.
21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާ އަކީ ދެކުނު އޭޝިޔާގައި މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުން އެއް ގައުމުން އަނެއް ގައުމަށް މަސްތުވާތަކެތި ފޮނުވުމަށް ބޭނުންކުރާ މައި ބަނދަރެއެކެވެ.މި ގޮތުން އިންޑިޔާ އަދި ދިވެހި ރާއްޖެ އަށްވެސް މި މަގުން މަސްތުވާތަކެތި އެތެރެ ކުރެއެވެ.
އެ ގައުމުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް އެއްލައްކަ މީހުން އަޅުދާސްތު ވެފައި ވާކަމަށް ތަފާސް ހިސާބުތަައް ދައްކާއިރު 50،000 އަށް ވުރެ ގިނަ މީހުން މެތްއެމްފެޓަމިން އަށް އަޅުދާސްތު ވެފައިވާ ކަމަށް ދައްކައެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ީ
މި ލިޔުން ކިޔާލުމުން