Saturday, October 31
ޓިކްޓޮކް އެމެރިކާ، އީލޮން މަސްކަށް ވިއްކުމަށް ވިސްނަމުންދާ ކަމަށް ޗައިނާއިން ބުނެފި

ޓިކްޓޮކް އެމެރިކާ ހިންގުމަށްޓަކައި, މަޝްހޫރު މިލިނިއަރ, އީލޮން މަސްކަށް ވިއްކުމަށް ވިސްނަމުންދާކަމަށް ޗައިނާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޓިކްޓޮކް ބަންދުކުރުމަށް އެމެރިކާގެ ކޯޓްތަކުން މަސައްކަތް ކުރަމުންދާތީވެ, މިކަމާ ދެކޮޅަށް ކުރަމުންދާ ކަންކަން ނާކާމިޔާބުވެއްޖެނަމަ، އެމެރިކާގެ ޓިކްޓޮކްގެ ހިންގުން މަސްކަށް ވިއްކާލުމުމާމެދު ޗައިނާގެ އޮފިޝަލުން ދަނީ ވިސްނަމުންނެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޗައިނާގެ އޮފިޝަލުން ބޭނުންވަނީ މަސްކް ޓިކްޓޮކް އެމެރިކާ ހިންގިކަމުގައި ވިޔަސް, ޓިކްޓޮކް ޕޭރެންޓް ކުންފުނި ކަމުގައިވާ ބައިޓްޑާންސްގެ ބެލުމުގެ ދަށުގައި ދެމިއޮތުމަށެވެ. އަދި މި ކުންފުނިން މިހާރު އެމެރިކާގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހަޅައިގެން ބަންދުކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ޓިކްޓޮކުން މި މައްސަލައާ ގުޅޭގޮތުން ކޮމެންޓުކުރަން އިންކާރުކޮށްފައިވާއިރު، މަސްކްގެ ފަރާތުން ވެސް މިވަގުތަށް ވަކި ޖަވާބެއް ލިބިފައި ނުވެއެވެ.

ފާއިތުވި ހަފުތާގައި، ސުޕްރީމް ކޯޓުން ވަނީ 19 ޖަނަވަރީ ގެ ނިޔަލަށް ޓިކްޓޮކް އުވާލުމަށް މަޖުބޫރުކުރާ ޤާނޫނެއް ހެދުމަށްޓަކައި ތާއިދުކޮށް މައްސަލައެއް ހުށަހަޅާފައެވެ. މި ފިޔަވަޅު އަޅަން ޖެހުނު ސަބަބެއް ކަމުގައި ފަނޑިޔާރުން ބުނެފައިވަނީ, ޗައިނާއާ ގުޅޭ ޤައުމީ ސަލާމަތުގެ ކަންބޮޑުވުންތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު