Saturday, October 31
ލޮސް އެންޖެލިސްގެ އަލިފާނުގެ ހާދިސާ: ވައި އެނބުރި އައުމުން އަލިފާން އިތުރަށް ނުރައްކާ މިންވަރަށް ފެތުރުމުގެ ބިރު ބޮޑު

ކުރިއަށް އޮތް ދުވަސްތަކުގައި ވައި އަނބުރި އައުމުން ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ލޮސް އެންޖެލިސްގައި ހިނގަމުންދާ އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަރ ފައިޓަރުން ކެނޑިނޭޅި މަސައްކަތްކުރާތާ ހަފްތާއަކާ މިވަނީ ގާތްވެފައެވެ. ނަމަވެސް، ކުރިއަށް އޮތް ހަފްތާގައި ނުރައްކާތެރި ދަރަޖައަށް ވައިގެ ބާރުމިން ހުރެދާނެ ކަމަށް ލަފާކުރެވޭތީވެ، ނުރައްކާތެރި ބާރުމިނެއްގައި އަލިފާންގަނޑު އިތުރަށް ފެތުރިދާނެކަމަށް ނެޝަނަލް ވެދަރ ސަރވިސްއިން ވަނީ އިންޒާރުދީފައެވެ.

މިހާދިސާގެ ސަބަބުން މިހާތަނަށް 24 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ގެއްލިފައެވެ. މަރުވި މީހުންގެ އަދަދު އަދި އިތުރު ވާނެ ލަފާކުރާކަމަށް ކެލިފޯނިއާގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ގުދުރަތީ ކާރިސާ ކަމުގައި ވުމުގެ ފުރުސަތު ބޮޑެވެ. މި އަލިފާން ފެތުރެން ފަށާފައިވާކަމަށް ބެލެވެނީ ހޫނުގަދަވެ ގަދައަށް ވައިޖެހުމުގެ ސަބަބުންނެވެ. މި ކާރިސާގައި ހާހުން އެތައް ބައެއްގެ ގެދޮރު ހަލާކުވެ، 100،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެމީހުންގެ ގެ ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން ޖެހިފައިވެއެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ލޮސް އެންޖެލިސް ކައުންޓީގެ 92،000 މީހުންނަށް މިހާރު ވަނީ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި 89،000 އަށްވުރެ ގިނަ މީހުން ތިބީ ސަރަޙައްދު ދޫކޮށް ދިއުމުގެ އިންޒާރަށް ތައްޔާރީ ހާލަތުގައެވެ. ވެންޗޫރާއިން ފެށިގެން ސެން ޑިއޭގޯއާ ހަމައަށް އަށް ވެސް މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ތައްޔާރީ ހާލަތުގައި ތިބުމަށް ރެސްކިއު ޓީމްތަކުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު