Saturday, October 31
ބޯޑަރ ފެންސިންގ ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކުރުމަށް އިންޑިއާއިން ބަންގްލަދޭޝަށް އަންގައިފި

އިންޑިއާއިން ބަންގްލަދޭޝްގެ އެކްޓިންގ ހައި ކޮމިޝަނަރު ހާޒިރުކޮށް، ބޯޑަރު ފެންސިންގ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ޢަމަލުކުރަމަށް އަންގައިފިއެވެ.

އިންޑިއާއިން މިގޮތަށް އަންގާފައި ވާއިރު، ބޯޑަރ ސެކިއުރިޓީ ފޯސްގެ ޙަރަކާތްތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ފޮރިން މިނިސްޓްރީން އިން ވަނީ ބަންގްލަދޭޝްގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު ހާޒިރުކޮށްފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް (އެމްއީއޭ) އިން ބުނެފައިވަނީ، ސަރަޙައްދީ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން ދެ ސަރުކާރުގެ ދެމެދުގައި ގާއިމުވެފައި ހުރި ހުރިހާ ޕްރޮޓޮކޯލްތަކަކާއި އެއްބަސްވުންތަކަށް އިންޑިއާއިން ޢަމަލުކުރަމުންދާ ކަމާއި، އަދި ބަންގްލަދޭޝްއިން ވެސް ޢަމަލުކުރާނެކަމަށާއި، ސަރަޙައްދު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް އެއްބާރުލުން ދޭނެކަމަށް އުންމީދުކުރާކަމަށް އަންގާފައިވާ ކަމަށެވެ.

ސަރަޙައްދު ހުރަސްކޮށް ހިންގާ ކުށްތަކާއި، އެއްޗެހި ވަގަށް އެތެރެކުރުމާއި، ކުށްވެރިން ވަދެ ނިކުތުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށްތަކަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅައި، ކުށްތަކުން އެއްކިބާވެފައިވާ ސަރަޙައްދެއް ކަށަވަރުކުރުމަށް އިންޑިއާއިން އަޅާ ފިޔަވަޅުތަކުގައި ދެމިތިބޭނެކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު