Saturday, October 31
ޓްރަމްޕަށް ހުކުމްކުރި ފަނޑިޔާރު އިސްތިއުފާ ދީފި

އެމެރިކާގެ އިންތިޚާބީ ރައީސް, ޑޮނަލްޑް ޓްރަމްޕަށް ހުކުމްކުރި ފަނޑިޔާރު, ޖެކް ސްމިތް އިސްތިއުފާދީފިއެވެ.

ޓްރަމްޕްގެ މައްޗަށް ތަޙުޤީޤު ކުރި ޖެކް ސްމިތް, އެ މައްސަލައިގެ އެންމެ ފަހު ރިޕޯޓު އެޓަރނީ ޖެނެރަލްއަށް ހުށަހެޅުމަށްފަހު، ސްޕެޝަލް ކައުންސެލްކަމުން ރަސްމީކޮށް އިސްތިއުފާދީފައިވާ ކަމަށް ޚަބަރު ލިބެއެވެ. އެނާގެ އިސްތިއުފާ ހުށަހަޅާފައިވަނީ ހުކޯޓަށް ހުށަހެޅި ލިޔުމުގެ ފުޓްނޯޓެއްގައި ލިޔެފައެވެ.

ޓްރަމްޕް ވަނީ އޮފީހާ ހަވާލުވުމާއެކު ސްމިތު ވަޒީފާއިން ވަކިކުރާނެ ކަމަށް ތަކުރާރުކޮށް ވަޢުދުވެވަޑައިގެންފައެވެ. އަދި ސްމިތު ޤައުމުން ބޭރުކުރަން ޖެހޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މައްސަލަތައް ބެލުމަށް ސްމިތު ޢައްޔަންކުރެވިފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެގޮތުން ސްމިތް ވަނީ ޓްރަމްޕްގެ މައްޗަށް 37 ދަޢުވާ އުފުލާފައެވެ.

ޓްރަމްޕް ވަނީ ހުރިހާ ދަޢުވާތަކަށް އިންކާރުކޮށް އެއްވެސް ކުށެއް ނުކުރާކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް ވިދާޅުވެފައި ވަނީ މި ދަޢުވާތަކަކީ ސިޔާސީ މަޤުސަދެއްގައި އަމާޒުކޮށްގެން ކުރާ ދަޢުވާތަކެއް ކަމަށެވެ.

ނަމަވެސް މިހުކުމާއި ގުޅިގެން ޓްރަމްޕަށް އެއްވެސް އަދަބެއް ނުލިބެއެވެ. އަދި ރައީސްކަމުގެ ހުވާކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު