Saturday, November 14
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ

މީގެ 10 އަހަރު ކުރިން ގެއްލުނު މެލޭޝިއަން އެއަރ ލައިންސް އެމް.އެޗް 370 ފްލައިޓް ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލެޝިއާ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމް.އެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް މަހު މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށް 239 މީހުންނާ އެކު އެވެ.

2017 ވަނަ އަހަރު މި ބޯޓުގެ އެއްވެސް ނިޝާނެއް ކަނަޑުއަޑިން ފެނޭތޯ ބެލުމަށް 2024 އިން 2017 އަށް ކުރި މަސައްކަތް ހުއްޓާލުމަށް ނިންމިކަން އިޢުލާންކުރީ ޗައިނާއާއި އޮސްޓްރޭލިއާ އާއި މެލޭޝިޔާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ. މި 3 ޤައުމަކީ 239 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ގެއްލުނު އެމްއެޗް 370 ހޯދުމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވި ޤައުމުތަކެވެ.

އިއްޔެ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތޮނީ ލޯކޭ ވިދާޅުވީ އެ މަތިންދާބޯޓު ހޯދުމަށް އެމެރިކާގެ މެރިން އެކްސްޕްލޯރޭޝަން ކުންފުނި އޯޝަން އިންފިނިޓީއާ އެކު 70 މިލިއަން ޑޮލަރު  ގެ އެއްބަސްވުމެއް މެލޭޝިއާގެ ކެބިނެޓުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ "ނޯ ފައިންޑް، ނޯ ފީ" އެ މާއްދާގެ ދަށުން އޯޝަން އިންފިނިޓީއަށް ފައިސާ ލިބޭނީ ބޯޓުގެ ބައިތައް ފެނުމުންނެވެ.

ނަމަވެސް 2018 ވަނަ އަހަރުވެސް މިފަދަ ޝަރުތުތަކެއްގެ ދަށުން އޯޝަން އިންފިނިޓީން، އެމް.އެޗް 370 ގެ ބޮޓުގެ ބައިތައް ހޯދުމުގެ މަސައްކަތްކުރިއެވެ. އެހެން ނަމަވެސް ތިން މަސް ފަހުން މަސައްކަތް ނާކާމިޔާބުވުމުން ވަނީ ހުއްޓާލާފައެވެ.

އޯޝަން އިންފިނިޓީގެ ހުށަހެޅުން މެލޭޝިއާގެ ސަރުކާރުން އުސޫލެއްގެ ގޮތުން ގަބޫލުކޮށްފައިވާއިރު، ލޯކޭ ވިދާޅުވީ މި އެއްބަސްވުމުގެ ވަކި ޝަރުތުތަކާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު މި ކަމުގެ މަޝްވަރާތައް ނިންމާލެވޭނެ ކަމަށެވެ.

މި އައު އެއްބަސްވުމާއި އެކު އިންޑިއާ ކަނޑުގެ ދެކުނުގައި އޮންނަ 15،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހޯދާނެއެވެ. މެލޭޝިއާ ސަރުކާރުން ބުނީ މިފަހަރު ބޯޓް ހޯދަން ފެށީ އަލަށް ލިބުނު އިތުބާރު ހުރި ހެކިތަކަށް ބިނާކޮށް ކަމަށެވެ.

އެމްއެޗް ތްރީ ސެވަންޓީ ގެއްލުނު ޙާދިސާއަކީ ވައިގެ ދަތުރުފަތުރުގެ ފަހުގެ ތާރީޚުގައި ގިނަ ބައެއް ސަމާލުކަން ހުއްޓުނު އެންމެ އާދަޔާ ޚިލާފް ޙާދިސާއެވެ. މިބޯޓަށް ވީގޮތް ޔަޤީންކަމާއެކު ބުނެދޭން އެނގޭ އެއްވެސް ފަރާތެއް ނެތެވެ. ކޮންމެ ބަޔަކުވެސް ބުނަމުންދަނީ އެމީހުންނަށް ހީވާ ގޮތެވެ. ބޯޓު ހޯދުމަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާއިރު، ބޯޓު ފެނޭތޯ ވައިގެ މަގުންނާއި ކަނޑުގެ އަޑިން އެތައް ހާސް މޭލެއްގެ ސަރަޙައްދެއް ވަނީ ބަލާފައެވެ. ނަމަވެސް މިހާތަނަށް ބޯޓަށް ވީގޮތެއްވެސް، ބޯޓު ގެއްލުމަށް ދިމާވި ސަބަބެއްވެސް ހޯދިފައެއްނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު