Saturday, November 14
އިންޑިއާ އަންހެނަކު، ގެއްލިގެން ހޯދަމުން އަންނަތާ 22 އަހަރު ފަހުން ޤައުމަށް

ބާވީސް އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ޕާކިސްތާނަށް ޓްރެފިކް ކުރި ކަމަށް ބުނާ އިންޑިއާ އަންހެނަކު އެންމެ ފަހުން އެނބުރި ޤައުމަށް އައިސްފިއެވެ.

އަންހެންމީހާ އެނބުރި ގެއަށް މިއައީ އޭނާގެ މާމަ ދަރިފުޅަށް ޔޫޓިއުބް ވީޑިއޯއަކުން އޭނާ ފެނުނުތާ 18 މަސް ފަހުންނެވެ.

ހާމިދާ ބާނޫ ނަމަކަށް ކިޔާ މި އަންހެން މީހާ ބުނީ އޭނާ މިދިޔަ 22 އަހަރު ހޭދަކުރީ "ދިރިހުރި މަރުވެފައިވާ މީހެއްގެ ގޮތުގައި" ކަމަށާއި، އަވަށްޓެރި ގައުމުގައި ތާށިވެފައި އޮތުމުން އާއިލާއާ ގުޅޭނެ ގޮތެއް ނުވީކަމަށެވެ.

ބާނޫ އަށް އޮޅުވާލައިގެން ޕާކިސްތާނަށް ގެންދިޔައީ ދުބާއީން ވަޒީފާއެއް ހަމަޖެހި އެޤައުމަށް ދިއުމަށް ކަމަށް ބުނެ އޮޅުވާލައިގެން ކަަަމަށް ނޫސްވެރިންނާއި ވާހަކަދައްކާ އޭނާވަނީ ބުނެފައެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވަނީ މިދިޔަ އޮކްޓޯބަރު މަހު އޭނާ އަކީ އިންޑިޔާގެ ރައްޔިތެއް ކަމަށް ކަށަވަރު ވުމުގެ ކުރިން އޭނާ އަކީ ކާކުކަން ދެނަގަތުމަށް މަސަައްކަތްކޮށްފައެވެ.

މީގެ ކުރިން 2002 ވަނަ އަހަރު ފިރިމީހާ މަރުވުމުން ބާނޫ ވަނީ ގަތަރު، ދުބާއީ އަދި ސައުދީ އަރަބިއްޔާގައި ކައްކާ މީހެއްގެ ގޮތުގައި މަސައްކަތްކޮށްގެން ހަތަރު ދަރިންނަށް މާލީ ގޮތުން އެހީތެރިވެދީފަ އެވެ.

ބާނޫގެ ވާހަކަ ސުރުޚީތަކަށް އަރާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ވަލީއުالله މަރޫފް ގެ ޔޫޓިއުބް އިންޓަވިއުއެއް އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ޚަލްފާން ޝައިޚް ހިއްސާ ކުރުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު