Friday, November 13
ކްރޮއޭޝިއާ އަތުން އިންގްލެންޑް މޮޅުވި މެޗުގައި ކޭން ރެކޯޑެއް ހަދައިފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކްރޮއޭޝިއާ އަތުން 2-1 އިން އިންގްލެންޑް މޮޅުވި މެޗުގައި، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު ހާސިލުކޮށްފައެވެ.

މިއީ ކޭން އިންގްލެންޑުގެ ޤައުމީ ޓީމަށް ކުޅުނު 126 ވަނަ މެޗެވެ. ކުރިން މި ރެކޯޑު އޮތީ 1970 އިން 1990 އާ ހަމައަށް އިންގްލެންޑަށް 125 މެޗު ކުޅުނު ގޯލްކީޕަރު ޕީޓާ ޝިލްޓަން އަތުގައެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓުގައި މޯގަން ރޮޖާސް ޖެހި ލަނޑުން އިންގްލެންޑުން ކުރި ހޯދިއެވެ. ނަމަވެސް ދެވަނަ ހާފުގައި ޕެޓާ ސުސިޗް ޖެހި ލަނޑުން ކްރޮއޭޝިއާއިން ނަތީޖާ އެއްވަރުކުރިއެވެ.

އިންގްލެންޑަށް މޮޅު ހޯދައިދިން ލަނޑު، 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކޭންއެވެ.

މި މޮޅާއެކު އިންގްލެންޑުން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު