އާދިއްތަ, November 1
އިންޑިއާ އަދި ލަންކާގައި ފެންބޮޑުވެ ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

ތޫފާން ފެންގަލްގެ ސަބަބުން އިންޑިއާ އަދި ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ އެވެ.

މި ހާދިސާގައި މިހާތަނަށް 19 މީހުން މަރުވި ކަމަށް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި މީ މިދިޔަ 30 އަހަރުގައި 24 ގަޑިއިރުތެރޭގައި، އިންޑިޔާގެ ދެކުނު ސަރަހައްދަކަށް އެންމެ ބޯކޮށް ވާރޭ ވެހުނު ފަހަރު ކަމަށެވެ.

މި ތޫފާނުގެ ސަބަބުން ޗެންނާއީގެ ބައެއް ހިސާބުތަކުގައިވެސް ވަރަށްބޮޑަށް ފެންބޮޑުވެ، މަތިންދާ ބޯޓުގެ ދަތުރުތައްވެސް ވަގުތީ ގޮތުން މެދުކަނޑާލި ކަަމަށާއި ނަމަވެސް އާދީއްތަ ދުވަހުގެ ހެނދުނު، ދަތުރުތައް އަލުން ފަށާފައިވާ ކަމަށް އިންޑިއާގެ އެއާޕޯޓް އޮތޯރިޓީން ބުނެ އެވެ.

މީޑިއާ ތަކުން ބުނި ގޮތުގައި ވައިގަދަވެ ބޯކޮށް ވާރޭވެހި މަގުތައް ފެންބޮޑުވުމާއި ގުޅިގެން، ކުދި ބޯޓުތަކުގައިވެސް އޮފިޝަލުން ދިޔައީ މީހުން ސަލާމަތް ކުރަމުން ކަމަށެވެ.

ތޫފާން ފެންގަލް ލަންކާގެ އައްސޭރިފަށުގެ ހިސާބުތަކަށްވެސް އަރާފައިވާއިރު އެ ސަރަހައްދުތަކުން 16 މީހުން މަރުވެ، 138,944 އާއިލާތަށް ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 6 ކުޑަކުދިންވެސް ހިމެެނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު