ތައިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި އެކަމަށް ސަމާލުވުމަށް އަންގާފައެވެ.
ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ރިލީފް ކިޓް ބެހުމާއި ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގައި އެހީތެރިވުމަށް 500 އަށް ވުރެ ގިނަ ސިފައިންނާއި ވޮލަންޓިއަރުން ވަނީ ހަރަކާތްތެރިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަރަތިވަތުގެ ގަވަރުނަރު ޓްރަކުލް ޓޮތަމް ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށްވެސް ޓީމެއް މިހާރު ވާނީ އެކުލަވާލާފައި ކަމަށެވެ.ތައިލެންޑަށް ވިއްސާރަ މޫސުމާ ހުރިމަތިވެފައިވާއިރު އެގައުމަށް އާދަޔާ ހިލާފަށް ވާރޭވެހި ފެންބޮޑުވާން ފަށާފައި މިވަނީ މޫސުމަށް އައިސްފައިވާ ކުއްލި ބަދަލުގެ ސަބަބުން ކަމަށް ސައިންސުވެރިންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.






