އާދިއްތަ, November 1
ލަންކާގައި އަންހެނެއްގެ ރަހިމުން 10 ކިލޯގެ ޓިއުމަރެއް ނަގައިފި

ސްރީ ލަންކާގައި އަންހެނެއްގެ ރަހިމުން 10 ކިލޯގެ ޓިއުމަރެއް ނަގައިފިއެވެ.

ލަންކާގެ ކަޓަރަގަމާ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަކުން ކުރި މި އޮޕަރޭޝަންގައި ޓިއުމަރު ނަގާފައިވަނީ އުމުރުން 40 އަހަރުގެ އަންހެނެއްގެ ރަހިމުންނެވެ.

އޭނާގެ ރަހިމުގައި ޓިއުމަރެއް ހުރިކަން ފާހަގަވެ، އޮޕަރޭޝަން ކުރީ ކެއުމާއި ނޭވާލާން އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުންނެވެ.

އަންހެންމީހާގެ މި އޮޕަރޭޝަން ކުރި ޑަކޮޓަރުންނާއި ހަވާލާދީ، ސްރީ ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ޑަކޮޓަރުން ވަނީ ރަހިމުގައި އުފެދޭ ސެލްތައް ބޮޑުވެ ސިސްޓަކަށް ބަދަލުވެގެންދާ ކަމަށާއި އެކަމާ އަޅާނުލައިފި ނަމަ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު