Saturday, October 31
ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ބޮޑު މޮޅެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ސްޓާ ބެލްގްރޭޑް އަތުން 5-2 އިން ބާސެލޯނާ މޮޅުވެއްޖެއެވެ.

ސްޓާ ބެލްގްރޭޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ލަނޑުތައް ޖަހާދިނީ، މާރޓިނެޒް، ލެވަންޑޯސްކީ، ފާރމިން އަދި ރަފީނިއާއެވެ. ސްޓާ ބެލްގްރޭޑްގެ ލަނޑުތައް ޖަހައިދިނީ ސިލަސް އަދި މިލްސޮން އެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަން ހޯދީ ބާސެލޯނާގެ އިނިގޯ މާރޓިނެޒް އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ މަހުގެ ޔަންގް ބޯއިސް އަތުން މޮޅުވި ފަހުން ބާސެލޯނާ މިވަނީ ވިދިވިދިގެން 7 މެޗުން މޮޅުވެފަ އެވެ. އަދި މިއިން ކޮންމެ މެޗެއްގައި މަދުވެގެން ތިން ގޯލު ޖަހައި ބާސެލޯނާ އޮތީ ރަނގަޅު ފޯމެއްގައެވެ.

ބާސެލޯނާ ވަނީ ޒަމާން ތަކަކައް ފަހު ގަދަފަދަ ރިއާލް މެޑްރިޑް އައި ބަޔާން މިއުނިކް އަތުން ވެސް މޮޅުވެފައެވެ.

ބާސެލޯނާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލްގެ ހަވަނައި ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު