Saturday, October 31
9 ޕޮއިންޓްގެ ފަރަގަކާ އެއްކޮށް ތާވަލުގެ އެންމެ ކުރީގައި ބާސެލޯނާ

ރޭ ސްޕެނިޝް ލީގު ލަލީގާގައި އެސްޕަންޔޯލް ބަލިކޮށް ބާސެލޯނާއިން ތާވަލުގެ އެއްވަނަ، 9 ޕޮއިންޓްގެ ފަރަގަކާ އެއްކޮށް ނަގައިފިއެވެ.

އެސްޕަންޔޯލް އަތުން ރޭ ބާސެލޯނާ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.

މެޗުގައި ބާސެލޯނާގެ ލަނޑުތައް ޖަހާދިނީ، ޑެނީ އޮލްމޯ އަދި ރަފީނިއާއެވެ. އެސްޕަންޔޯލްގެ ލަނޑު ޖެހީ ޖަވީ ޕުއާޑޯއެވެ. އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަން ހޯދީ ބާސެލޯނާގެ ޑެނީ އޮލްމޯ އެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ބާސެލޯނާ އިން ވަނީ 12 މެޗުން 33 ޕޮއިންޓް ހޯދައިފަ އެވެ. އަދި އެސްޕަންޔޯލް އޮތީ ކުޅުނު 12 މެޗުން 10 ޕޮއިންޓާއި އެކީ ތާވަލްގެ 17 ވަނައިގައެވެ.

ދެ ވަނައިގައި އޮތް ރެއާލަށް 11 މެޗުން ލިބިފައިޗަނީ 24 ޕޮއިންޓްއެވެ.

ރެއާލް މެޑްރިޑްގެ މެޗު ސްޕެއިނުގެ ވެލެންސިއާ އަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ވަނީ ކެންސަލްކޮށްފަ އެވެ.

ލީގުގެ ތިންވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ. އެތުލެޓިކޯ އިން ވަނީ ކުޅުނު 12 މެޗުން 23 ޕޮއިންޓް ހޯދާފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު