Saturday, October 31
9 އަހަރު ފަހުން ބާސެލޯނާއިން ބަޔާން ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި ބަޔާން ވާދަކުރި މެޗު ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑު މޮންޓްޖުއިކް ސްޓޭޑިއަމްގައި ރޭ ބަޔާންއާއި ބާސެލޯނާ ވާދަކުރި މި މެޗުން ބާސެލޯނާ މޮޅުވީ ބަޔާން ބަލި ނުކުރެވޭތާ 9 އަހަރު ފަހުންނެވެ.

މި މެޗު ބާސެލޯނާ އިން ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާ އަކުންނެވެ. ރަފީނިއާގެ ހެޓްރިކެއްގެ އިތުރުން، ކުރިން ބަޔާނަށް ކުޅުނު ރޮބަޓް ލެވަންޑޯސްކީ ވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. މެޗްގެ އެންމެ މޮޅުު ކުޅުންތެރިޔާކަން ހޯދީ ރަފީނިއާއެވެ.

ބަޔާނުން ބާސެލޯނާގެ މައްޗަށް 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި 8-2 އިން ކުރި ހޯދިއިރު، ބަޔާންގެ ކޯޗަކަށް ހުރި ހަންސީ ފްލިކަކީ މިިހާރު ބާސެލޯނާގެ ކޯޗެވެ. ރޭގެ މޮޅާ އެއްކޮށް ބާސެލޯނާ އޮތީ ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއި އެކީ ތާވަލްގެ 10 ވަނައިގައެވެ. ބަޔާން އޮތީ ކުޅުނު 3 މެޗުން ލިބުނު 3 ޕޮއިންޓާއި އެކީ ތާވަލްގެ 23 ވަނައިގައެވެ.

16 ޓީމް ދެވަނަ ބުރަށް ދަތުރު ކުރާއިރު ބަޔާންގެ ޕޮއިންޓަށް ބަލާއިރު އަދި އޮތީ ދެވަނަ ބުރަށް ދެވޭނެ ހިސާބެއްގައެއް ނޫނެވެ. މުބާރާތުގެ ދެން ކުރިއަށް އޮތް މެޗުތައް ފަށާނީ މި ފެށޭ ނޮވެމްބަރު މަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު