Saturday, October 31
މެސީގެ ހެޓްރިކަކާ އެއްކޮށް އާޖެންޓީނާއަށް ބޮޑު މޮޅެއް

ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ހެނދުނު އާޖެންޓީނާ އާއި ބޮލީވިއާ ވާދަކުރި މެޗު ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.

އާޖެންޓީނާ ދަނޑުގައި 334 ދުވަސް ފަހުން ކެޕްޓަން ލިޔޮނަލް މެސީ ކުޅުނު މި މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެ ޓީމުގެ ލައުޓާރޯ މާޓިނޭޒް، ޖޫލިއަން އަލްވަރޭޒް އަދި ތިއާގޯ އަލަމޭޑާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި މެޗުގައި މެސީ ކާމިޔާބުކުރި ތިން ލަނޑާއެކު ގައުމީ ޓީމަށް ކުޅުނު 189 މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 112 އަށް އަރާފައެވެ.

މި ނަތީޖާއާއެކު އާޖެންޓީނާ އޮތީ ކުޅުނު 10 މެޗުން ލިބުނު 22 ޕޮއިންޓާއިއެކު ތާވަލުގެ އެންމެ ކުރީގައެވެ. މެޗުން ބަލިވި ބޮލީވިއާ އޮތީ ކުޅުނު 10 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު