Saturday, October 31
ވެނެޒުއެލާއިން އާޖެންޓީނާ ހިފަހައްޓާ ދެ ޓީމް އެއްވަރުވެއްޖެ

ފީފާ ވޯލްޑްކަޕް ކޮލިފައިން މެޗްގައި ވެނެޒުއެލާ އާއި އާޖެންޓީނާ ރޭ ބައްދަލުކުރި މެޗް 1-1 އިން އެއްވަރު ވެއްޖެއެވެ.

އިންޖަރީ ގައި ޓީމާއި ދުރުގަ ހުރުމަށް ފަހު މެސީ އެނބުރި އައި މިމެޗްގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެގީ އާޖެންޓީނާ އިންނެވެ. މި ލަނޑު މެޗްގެ 13 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ނިކޮލަސް އޮޓަމެންޑީއެވެ.

ވެނެޒުއެލާ އަށް އެއްވަރުކޮށްދިނީ މެޗްގެ 65 ވަނަ މިނިޓްގައި ސަލޮމޮން ރޮންޑޮންއެވެ.

ދެ ޓީމުންވެސް މޮޅު ކުޅުމެއް ދެއްކި މި މެޗް ގައި ވާރޭ ވެހި ދަނޑުގައި ވަރަށް ބޮޑަށް ފެން ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަށް ދިމާވިއެވެ.މެޗް ފެއްޓުނީވެސް ފައްޓަން ހަމަޖައްސާފައިވާ ގަޑިއަށް ވުރެ ލަސްކޮށެވެ. "އެއީ ވަރަށް އުނދަގޫ މަޗެއް. އަހަރެމެންނަށް ޖެހިޖެހިގެން ދެ ޕާސް ވެސް ނުދެވުނު، ބޯޅަ ހުއްޓެނީ ދަނޑުގައި ފެނުގެ ސަބަބުންނެވެ. މި ހާލަތްތަކުގައި ކުޅެން އުނދަގޫ"، މެސީ މެޗަށް ފަހު ޓައިސީ ސްޕޯޓްސް އަށް ކިޔައިދިނެވެ.

އާޖެންޓީނާ 19 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު، އަންގާރަ ދުވަހު ބޮލީވިއާއާ ދެކޮޅަށް ކުޅޭނެއެވެ. އަދި 11 ޕޮއިންޓާއެކު ހަ ވަނައިގައި އޮތް ވެނެޒުއެލާ ކުޅޭނީ ޕެރަގުއޭ އާއި ދެކޮޅަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު