Saturday, October 31
އާޖެންޓީނާގެ ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި ދެން އޮންނަ ބުރުގެ ތައްޔާރީތައް ވާން ފަށައިފި

‎ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އާރޖެންޓީނާގެ އަދި އިންޓަ މިއާމީ ސީއެފްގެ ކެޕްޓަން ލިއޮނަލް މެސީ އާއި އޭނާގެ ޓީމު އިންޓަ މިއާމީ ފްލޮރިޑާ ބްލޫ ޓްރެއިނިން ސެންޓަރުގައި ފަރިތަކުރުންތައް ފެށާއިގެން ކުރިއަށް އެބަގެންދެއެވެ.

ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން އާރޖެންޓީނާ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އިންޖަރީގައި ޓީމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި ކޮލިފައިން މިމެޗްގައި ދެން ބައްދަލު ކުރާނީ އޮކްޓޯބަރު 10 ގައި ވެނެޒުއެލާއާއެވެ. ޓީމުގެ ކުޅުންތެރިން މިދިޔަ ހަފްތާ ބަންދުގައި ސައުތު ފްލޮރިޑާއަށް އަންނަން ފެށިއިރު، އޮކްޓޯބަރު 9 ވާ ބުދަ ދުވަހުގެ ނިޔަލަށް އެ ފެސިލިޓީތަކުގައި ޓްރެއިނިން ތައް ކުރިއަށް ގެންދާނެ އެވެ.

މިހާރު ތާވަލުގެ އެންމެ ކުރީގައި އާރޖެންޓީނާއިން އޮތް އިރު ދެވަނާގައި އޮތް ކޮލޮންބިއާ އާއި ދެމެދު އިނީ ދެ ޕޮއިންޓުގެ ފަރަގެކެވެ.އެއްވަނައި ގައި ހިފެހެއްޓުމަށް ޓީމުން ވަރުގަދަ ޕާފޯމަންސެއް ދައްކާނެ ކަމަށް ބެލެވެއެވެ.

އާރޖެންޓީނާގެ ޓީމް ޓްރެއިނިން ތައް ކުރިއަށް ގެންދަމުންދާ ފްލޮރިޑާ ބްލޫ ޓްރެއިނިން ސެންޓަރަކީ ފަންސާސް ހާސް އަކަފޫޓުގެ، ޕްރޮފެޝަނަލް އަދި ޔޫތު ކުޅުންތެރިންނަށް ވެސް ކުޅެވޭގޮތަށް ފަރުމާ ކޮށްފައިވާ ބޮޑު ފުޓު ބޯޅަ ކޮމްޕްލެކްސް އެކެވެ.

‎

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު