Thursday, November 26
ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއާ 2-2 އިން މެންޗެސްޓަރ ޔުނައިޓެޑް އެއްވަރުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ރޭ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ފުރަތަމަ މޮޅު ހޯދުމުގެ ފުރުޞަތު ގެއްލިއްޖެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން އެއް ލަނޑު ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.

ނަމަވެސް، މެޗުގެ ފަހުކޮޅު ޔުނައިޓެޑުގެ ކީޕަރު ސެން ލަމެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސްޕޯޓިންގެ ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް ހަމަހަމަކޮށްފައެވެ.

ޕޮޗެޓީނޯ ޔުނައިޓެޑާ ހަވާލުވުމަށްފަހު އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން ވަނީ ބަލިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު