Thursday, November 26
އާރްޑީސީ އެމްޓީސީސީގެ ދަށަށް ގެނައުމުގެ މަސައްކަތް ނިމިއްޖެ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ގެނައުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީގެ ފަހުން އާރްޑީސީން ކުރަމުން ގެންދިޔަ އަދި ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނީ އެމްޓީސީސީން ކަމަށެވެ.

އަދި އާރްޑީސީން މިހާތަނަށް ހިންގަމުން އައި މަޝްރޫޢުތަކާ ގުޅޭ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވެސް އުފުލާނީ އެމްޓީސީސީން ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ދަށުން، އާރްޑީސީ އުވާލައި އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއާ އެއްކޮށްލުމަށް ސަރުކާރުން ނިންމީ ސެޕްޓެމްބަރު މަހުގައެވެ. އެ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާރްޑީސީއާއި އެމްޓީސީސީގެ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ބޮޑެތި ޚަރަދުތަކެއް ހިނގަމުންދާ ކަމަށާއި، މި ބަދަލާއެކު އިތުރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު