Monday, November 23
ޕެނަލްޓީއަކުން ގައްދޫ ބަލިކޮށް، ބިސް ބުރު ތާވަލުގެ ތިންވަނައަށް އަރައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބު ލީގު ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލައިފިއެވެ.

ގައްދޫ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ބިސް ބުރަށް ލަނޑު ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ މިޑްފީލްޑަރު އަރެމޫ ޓިމޮތީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓުގައި ބިސް ބުރަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި، އެ ލަނޑަށް ފަހު އިތުރު ލަނޑެއް ނުޖެހުނެވެ.

މި މޮޅާއެކު ބިސް ބުރަށް ވަނީ ލީގުގައި ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ލިބިފައެވެ.

އަނެއްކޮޅުން، ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް ބަލިވެފައިވާ ގައްދޫ އަދިވެސް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު