Monday, November 23
ހ. އުނިޔާގޭގައި ރޯވި ހާދިސާއާ ގުޅިގެން 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ހ. އުނިޔާގޭގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 23 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ހަމަޖައްސައިދީފިއެވެ.

އެން.ޑީ.އެމް.އޭއިން މަޢުލޫމާތު ދިން ގޮތުގައި، އަލިފާން ވަނީ މުޅިން ކޮންޓްރޯލްކޮށް ނިއްވާލައިފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ސަބަބުން އެ އިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މީގެ އިތުރުން، އެންމެ ބޮޑަށް ގެއްލުން ލިބުނު 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް އެ އޮތޯރިޓީން ވަނީ ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު