އާދިއްތަ, November 15
ހުޅުމާލޭގައި ޤައުމީ ފުޓްސަލް އެރީނާގެ ބިންގާ އަޅައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ޤައުމީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކޮންސްޓްރަކްޝަން ސައިޓުގައި މިއަދު ބޭއްވިއިރު، ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިންގއާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި އަހަރުގެ ޖުލައި މަހު ވަނީ، މި ކޮމްޕްލެކްސްގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑަކާއި ތަމްރީނުތަކަށް ބޭނުންކުރާނެ ދަނޑުތައް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ.

އެރީނާގައި މެޗުތައް ކުޅޭނެ މައި ކޯޓަކާއި ޕްރެކްޓިސް ކޯޓުތައް ހިމެނޭނެއެވެ. މީގެ އިތުރުން ކުޅުންތެރިންނަށް ކިޔަވައިދޭނެ ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމް، ބަސް ދަސްކޮށްދޭ އަދި ޓެކްނިކަލް ކޮޓަރިތަކާއި ކެފެޓީރިއާއެއް ވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެއެވެ.

ހުޅުމާލޭގައި ނެޓްބޯޅައާއި ފުޓްސަލްއަށް ޚާއްޞަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއާއި މާލިއްޔަތު ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ 24 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު