އާދިއްތަ, November 15
ވިމެންސް ލީގުގެ ފުރަތަމަ މެޗުގައި އެމްއެސް މޭޓްސް އަތުން 8-0 އިން މާޒިޔާ މޮޅުވެއްޖެ

އެފްއޭއެމް ވިމެންސް ލީގު 2026 ގެ ފުރަތަމަ މެޗުގައި އެމްއެސް މޭޓްސް އަތުން 8-0 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތް ފަށައިފިއެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގެ ކޮންމެ ހާފެއްގައި މާޒިޔާއިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

މާޒިޔާއިން ޖެހި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރުޝާނިޔާ ސަފީނާއެވެ. އަދި ފަދުވާ ޒާހިރާއި ޝަހުލާ ތައުފީގު ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ މާޒިޔާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަދި އެމްއެސް މޭޓްސްއެވެ.

މުބާރާތުގައި މިރޭ 20:00 ގައި ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނިކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

11 އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ހަ ޓީމަކުން ވާދަކުރިއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު