އާދިއްތަ, November 15
ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބާއްވާ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، މުޅި ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރާ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ބޯހިމެނުމުގައި މިހާރު ޖުމްލަ 39 ފަރާތަކުން ދަނީ ބައިވެރިވަމުންނެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން ގުޅިގެންނެވެ.

މި ބޯހިމެނުމުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ މުހިންމު ތަފާސްހިސާބުތައް އެއްކުރުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

އަދި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް މި ބޯހިމެނުން ބިންގަލަކަށް ވާނެ ކަމަށްވެސް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި ބޯހިމެނުމުން ލިބޭ މަޢުލޫމާތުގެ އަލީގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެކަށީގެންވާ ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު