އާދިއްތަ, November 1
ސާއިދު ފަހަތަށް ޖައްސާލުމަށް ފަހު މޮޅު އެތުލީޓްގެ އެވޯޑް އިބާދުﷲ ހޯދައިފި

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހަސަން ސާއިދު އަތުން ގެއްލި، އިބާދުﷲ އާދަމް ހޯދައިފި އެވެ.

މި އަހަރުގެ ގައުމީ އެތްލެޓިކްސް މުބާރާތުގައި ފިރިހެން ސްޕްރިންޓްގެ 100 އާއި 200 މީޓަރުން ރަން މެޑަލް ކާމިޔާބު ކުރީ އިބާދުﷲ އެވެ. ސަތޭކަ މީޓަރުގެ ރޭސް، އޭނާ ކާމިޔާބު ކުރީ ފައިނަލުގައި ރާއްޖޭގައި މިހާތަށް އުފެދުނު އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު ވެސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ސާއިދު އަށް އެންމެ ފަހުން މި މުބާރާތުގެ މޮޅު ފިރިހެން އެތްލީޓް އެވޯޑު ގެއލުނީ 2018 ވަނަ އަހަރެވެ. އޭގެ ފަހުން ސާއިދު ވަނީ ވިދިވިދިގެން ފަސް އަހަރު މުބާރާތުގެ މޮޅު ފިރިހެން އެތްލީޓް އެވޯޑް ހާސިލުކޮށްފަ އެވެ. 2018 ވަނަ އަހަރު އެންމެ މޮޅު އެތުލިޓްގެ އެވޯޑް ހޯދީ ހުސައިން ފަޒީލް ހާރޫނެވެ.

ފިރިހެން ޑިވިޝަނުން އެންމެ މޮޅު ކްލަބްގެ އެވޯޑް ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. އެ ކްލަބުން އެންމެ މޮޅު ކްލަބްގެ އެވޯޑް މި ހޯދީ މެދުކަނޑުމަކަށް ފަހު، ޖުމުލަ 17 ވަނަ ފަހަރަށެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކްލަބަކީ ޓްރެކް އެންޑް ފީލްޑެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު