އިނގިރޭސި ޕްރިމިއާ ލީގުގައި ވައިޓަލިޓީ ސްޓޭޑިއަމްގައި އޭއެފްސީ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ވަނީ ކުރިހޯދާފައެވެ. ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި އިސާކް ޖެހީ ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ބޯންމައުތުގެ އެވަނިލްސަން އަދި ރަޔަން ކްރިސްޓީއަށް ލިބުނު ފުރުސަތުތައް ބޭކާރުވިއިރު، ލިވަޕޫލްގެ ސޮބޮސްލާއީ އަދި ބާކޯލާ ފޮނުވާލި ހަމަލާތައްވެސް ގޯލަކަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ.
Advertisement
މި މޮޅާއެކު ލިވަޕޫލް ވަނީ ކުޅުނު މެޗުތަކުން 9 ޕޮއިންޓް ހޯދައިގެން ތާވަލުގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލީގުގައި އަދި މޮޅެއް ނުލިބި ބޯންމައުތު އޮތީ 3 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.
މި ލިޔުން ކިޔާލުމުން



