ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމަކަށް ހޫޘީންނާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދިނުމަށް ޕެންޓަގަނުން ތައްޔާރުވަމުން ދަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެންމެ ފަހު ވަގުތު އެ ހަމަލާތައް ކެންސަލްކުރައްވާފައެވެ. އަދި ޔަމަނުގެ ރިޔާސީ ކައުންސިލްގެ ވެރިޔާ ރަޝާދު އަލް-އަލީމީ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންނެވި ނަމަވެސް، ސީދާ އެހީ ދެއްވާނެކަމުގެ ޔަގީންކަމެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.
ހޫޘީ ހަނގުރާމަވެރިން މިހާރު ދަނީ ރަތްކަނޑުގެ އައްސޭރިފަށާއި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތައް ވަކިކުރާ މުހިންމު އުސްބިންތައް ހިފުމަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މީގެއިތުރުން، ސައޫދީގެ ވެރިރަށް ރިޔާޟްގެ އެއާޕޯޓް ކައިރިއަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ހޫޘީން ވަނީ ހާމަކޮށްފައެވެ.
މި ހާލަތާ ގުޅިގެން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ދިފާއީ އަދި ހަކަތައިގެ ވަސީލަތްތައް ރައްކާތެރިކުރުމުގެ އެހީތެރިކަން ދިނުމަށް ތައްޔާރުވަމުން އަންނައިރު، ހޮރުމުޒް ކަނޑުއޮޅީގެ ނުރައްކާތަކާ ހުރެ ސައޫދީން ވަނީ އެހެން މަގުތަކުން ތެޔޮ އެކްސްޕޯޓްކުރުން އިތުރުކޮށްފައެވެ. އެހެންނަމަވެސް މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި އަގުތަކަށް ބޮޑެތި ލޮޅުންތަކެއް ދަނީ އަރަމުންނެވެ.
މި ލިޔުން ކިޔާލުމުން



