ޔަމަނުގެ ހޫޘީންނަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް ޖީ7 ގެ ޚާރިޖީ ވަޒީރުން އީރާނަށް ގޮވާލައްވައިފިއެވެ.
ވަޒީރުން ފާހަގަކުރެއްވި ގޮތުގައި މި އަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫއަރައި، ދުނިޔޭގެ ހަމަޖެހުން ގެއްލުމުގެ ނުރައްކާ އޮތް މިންވަރަށް ހަމަނުޖެހުންތައް އިތުރުވެގެންދެއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމަކަށްފަހު ޖީ7 ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، ޔަމަނަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންގެންދާ ބަލައިނުގަނެވޭނެ ޙަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.
މީގެއިތުރުން، ހުރިހާ ޢަސްކަރީ ޙަރަކާތްތަކާއި މަދަނީ އުޅަނދުފަހަރަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ހޫޘީންނަށް ގޮވާލައްވައި، ސަރަޙައްދީ ހަމަޖެހުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ސިޔާސީ މަޝްވަރާތަކަށް އެނބުރި ރުޖޫޢަވުމަށް ވަޒީރުން ވަނީ ބާރުއަޅުއްވާފައެވެ.
މި ލިޔުން ކިޔާލުމުން



