Saturday, November 14
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ މެޗުތައް ފެބްރުއަރީ 5 ގައި

އެޗްޑީ ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފޯރިގަދަ ޒޯން ބުރުތަކަށްފަހު، މުބާރާތުގެ ގަދަ 16 ގެ މެޗުތައް  މިމަހު 5 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި މަރުހަލާގައި ޖުމްލަ އަށް މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަށްތައް ބައިވެރިވި ފޯރިގަދަ ޒޯން ބުރުތަކަށްފަހު، މުބާރާތް މިހާރު މިވަނީ ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފައެވެ. މި ބުރުގައި ބަލިވާ ޓީމުތައް މުބާރާތުން ވަކިވާން ޖެހޭއިރު، މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

ފެބްރުއަރީ 5 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:

ހަވީރު 16:00 ގައި:

• ރ. ދުވާފަރު އަދި ސ. ހިތަދޫ

• ބ. އޭދަފުށި އަދި މައްޗަންގޯޅި

ރޭގަނޑު 20:00 ގައި:

• ހދ. ނައިވާދޫ އަދި މ. ދިއްގަރު

• އއ. މަތިވެރި އަދި ލ. އިސްދޫ

ރޭގަނޑު 21:30 ގައި:

• ތ. ތިމަރަފުށި އަދި ހއ. މާރަންދޫ

• ގއ. ދެއްވަދޫ އަދި ވ. ކެޔޮދޫ

ރޭގަނޑު 22:45 ގައި:

• ދ. ކުޑަހުވަދޫ އަދި ށ. ކަނޑިތީމު

• ވިލިމާލެ އަދި ކ. ގާފަރު

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންނާއި ގައުމީ ފެންވަރުގެ ކުޅުންތެރިން ފެނިގެންދާއިރު، ގަދަ 16 ގެ މެޗުތަކުގައި ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެންނާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު