Saturday, November 14
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން 7 ގެ ޗެމްޕިއަންކަން ދެއްވަދޫ ހޯދައިފި

އެޗްޑީ ހިޔުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ޒޯން 7 ގެ ފައިނަލުގައި ސީނު ހިތަދޫ 3-1 އިން ބަލިކޮށް، ގއ. ދެއްވަދޫން ޒޯން ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ. ގައުމީ ފުޓްސަލް ޓީމުގެ މުހިންމު ކުޅުންތެރިންތަކަކާއެކު ކުޅުނު ދެއްވަދޫ ޓީމުން ވަނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

‎މި މެޗުގައި ދެއްވަދޫ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި، ރާހިލް ގެ އިތުރުން އަހުނާފް އެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއެކު ދެއްވަދޫން މެޗުގެ ކޮންޓްރޯލް ހޯދާފައިވާއިރު، ހިތަދޫ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީހައްނަ އެވެ.

‎މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ޒޯން 7 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫ ޓީމުގެ ރާހިލް އެވެ. ރާހިލް އަކީ އެންމެ ފަހުން ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

‎މި ޒޯންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ މަރަދޫ ޓީމުގެ ހަސަން ލައުހް އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދެއްވަދޫ އަކީ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހޯދުމުގެ ފުރުސަތު ބޮޑު އެއް ޓީމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު