Saturday, November 14
މީދޫ ލޮތާރި ބަލިކޮށް ފޭދޫން އައްޑޫ ސިޓީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އައްޑޫ ފުޓްބޯޅަ ޗެންޕިއަންޝިޕް ފައިނަލް ގައި މީދޫ ލޮތާރި ބަލިކޮށް ފޭދޫ ފްރެންޑްސް ކުލްބުން ތަށި ހޯދައިފިއެވެ. ބޯ ވާރޭގަ ކުޅުނު މެޗް ފޭދޫ އިން ކާމިޔާބު ކުރީ 3-2 ކުރި ހޯދައިގެންނެވެ.

ބޯވާރޭގަ ފެށި މި މެޗް ފަށައިގެން ފޭދޫން މެޗް ކޮންޓްރޯލް ނަގާ ގިނަ ހަމަލާ ތެކެށް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން ޒައިދާން ވަނީ ފުރަތަމަ ގޯލު ޖަހައި ފޭދޫއަށް ލީޑު ނަގައިދީފައެވެ. ނަމެވެސް މާގިނަ އިރުތެކެށް ނުވެ ކައަުންޓަރ އެޓޭކެއްގައި ލޮތާރީގެ ސަހައްޕޭ ލަނޑެށް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފް ނިމުނީ 1-1 އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ދެ ޓީމަށްވެސް ދަނޑުގައި ފެން ހެދިފައި އޮތުމުން ކުޅެން އުދަގޫވިއެވެ
ފޭދޫ ގެ ދެވަނަ ގޯލް 59 ވަނަ މިނިޓްގައި ޖަހާ ނަތީޖާ 2-1 ބަދަލު ކުރިއެވެ. މި ގޯލަށްފަހު ފޭދޫން ވަނީ އިތުރަށް ލަނޑެށް ޖަހާ ލީޑު ފުޅާކޮށްފައެވެ.
މީދޫ ލޮތަރިން ފޭދޫ ދެ ލަނޑުގެ ލީޑެށް ނެގުމުން ގޯލަ ޖަހަން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެގޮތުން ކޯނަރަކުން އެ ޓީމަށް ގޯލެއް ކާމިޔާބު ކުރެވުނު ނަމަވެސް، ފޭދޫން ވަނީ އެ ލީޑު ދަމަހައްޓައި، ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު