Saturday, November 14
ފައިނަލް މެޗަށް ސަޕޯޓަރުން ގެންދިއުމުގެ އިންތިޒާމު ހުޅުދޫ-މީދޫ ޓީމުން ހަމަޖައްސައިފި

އައްޑޫސިޓީ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށް ސަޕޯޓަރުން ގެންދިއުމުގެ އިންތިޒާމު ހުޅުދޫ-މީދޫ ޓީމުން ހަމަޖައްސައިފިއެވެ.

މާދަމާ އައްޑޫސިޓީ ފުޓްބޯޅަަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ  ފޭދޫ ފްރެންޑްސް ކްލަބާއި ހުޅުދޫ-މީދޫ ލޮތަރީއެވެ. މިއީ މުބާރާތުގެ ފައިނަލަށް ހުޅުދޫ-މީދޫ ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވާތީ، މީދޫ އަދި ހުޅުދޫގެ ސަޕޯޓަރުން މިވަނީ ޓީމަށް ހިތްވަރުދިނުމަށް ދަތުރުކުރުމަށް ތައްޔާރުވެފައެވެ.

ކްލަބް ލޮތަރީން ވަނީ ހުރިހާ ސަޕޯޓަރުންނަށް ވެސް ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން، މެޗަށް ދިއުމަށް ހަމަޖައްސާފައިވާ އުޅަނދުފަހަރުގެ ތަފްސީލު ތިރީގައި މިވަނީއެވެ:

ޚަލީފާ: މީދޫ ބަނދަރުން 14:30 ގައި ފުރާނެ.

އެމްޓީސީސީ ފެރީ: މެދެ ބަނދަރުން 14:30 ގައި ފުރާނެ.

ޖޫލީ: ހުޅުދޫ ބަނދަރުން 14:00 ގައި ފުރާނެ.

މި ޓީމުގައި މީދޫ އަދި ހުޅުދޫގެ ކުޅުންތެރިން ހިމެނޭތީ، މި ފައިނަލް ވާނީ ދެ ރަށް އެއްބައިކޮށް، އެއް ރޫޙެއްގައި ބައްދަލުކުރާ މެޗަކަށެވެ. ކްލަބުން ވަނީ ހުރިހާ އެންމެންނަށް ވެސް މެޗަށް ހާޒިރުވެ، ދަނޑު ފުރާލައި، މި މުހިންމު މެޗުގައި ޓީމަށް ސަޕޯޓް ދިނުމަށް ހިތްވަރުދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު