Saturday, November 14
އައްޑޫ ސިޓީ ފުޓްބޯޅަ މުބާރާތް: މަރަދޫ ކަޓުވާލައި ފޭދޫ ފްރެންޑްސް ކުލަބު ފައިނަލަށް

އައްޑޫ ސިޓީ ފުޓްބޯޅަ މުބާރާތުގެ އެއްވެސް މެޗެކުން ބަލިުނުވެ ފޭދޫ ފްރެންޑްސް ކުލަބު މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ. ގުރޫޕުގެ ދެވަނަ ހޯދައިގެން ސެމީ ފައިނަލް ގެ ޖާގަ ހޯދި ފްރެންޑްސް ކްލަބުން މިައަދު މަރަދޫ ބަލިކުރީ 1-0 އިންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށިގެން 66 މިނިޓުގައި ޖަހައިދިނީ ފޯވާޑް އުސްމާނު އެވެ. ކީޕަރު އައްޓަޑާ ޖެހި ސައްޕު އިދިކޮޅު ޓީމުގެ ހާފު މެދަކާ ހިސާބުން ލިބުމުން ކައިރިއަށް އައި ޑިފެންޑރ ކައިރިން ނައްޓާފައި ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، މަރަދޫ މި މުބާރާތަށް ގެނައި ދުވާފަރުގެ ކީޕަރު އިބްރާހިމް ނަދީމްގެ އަތުގައި ޖެހިފަ އެވެ.

މިއަދު މެޗު ފޭދޫން ފެށީ އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުޅުންތެރިޔާ އިއްބެ ފުރަތަމަ އެގާރަގައި ހިމަނައިގެންނެވެ. މެޗުގެ ފެށުން ރަނގަޅުކޮށް، ފުރަތަމަ ހާފުގައި ފްރެންޑްސް ކްލަބުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. މަރަދޫގެ ޒުވާން ފޯވާޑް ޒާކީ މިއަދު ފުރަތަމަ އެގާރައިން ނެތުމުން މަރަދޫގެ އެޓޭކް ފެނުނީ ބަލިކަށި ކޮށެވެ.

ދެވަނަ ހާފްގައި މަރަދޫ އިން ޒާކީ ކުޅެން އެރުމުން ފޭދޫ ޑިފެންސް ބާރު ބޮޑުވި ނަމެވެސް ފޭދޫގެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ޑިފެންސިވް ގޭމު ވަރަށް ރަނގަޅަށް ކުޅެފަ އެވެ. އިތުރު ގޯލެށް ނުފެނި މެޗް ނިމިގެން ދިޔައެވެ. މިއަދު ގެ މެޗްގެ މޮޅު ކުޅުންތެރިޔާ ގެ މަގާމް ހޯދީ ފޭދޫގެ އުސްމޭނެވެ.

މިމަހު 6 ވަނަ ދުވަހުގެ ހަވީރު ކުޅޭ ފައިނަލް މެޗުގައި ފޭދޫ ފްރެންޑްސް އާއި ދެކޮޅަށް ނުކުންނާނީ، މުބާރާތުގެ ތާރީހުގަ އަލަށް ފައިނަލަށް ދިޔަ މީދޫ ގެ ލޮތާރި ދެކޮޅަށެވެ..

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު