Saturday, November 14
އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް: މަރަދޫ އެފްސީން ފާހީ ބަލިކޮށް ސެމީއަށް

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މަރަދޫ އެފްސީން ފާހީ އާއި ދެކޮޅަށް ކުޅުނު މެޗު 8-0 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ. އަދި މި ބަލިވުމާއެކު ފާހީ ވަނީ މުބާރާތުން ކަޓައިފައެވެ.

މަރަދޫ އެފްސީގެ ފަރާތުން މި މެޗުގައި ފެނުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ 16 އަހަރުގެ ޒާކީ މުޖުތަބާ އެވެ. މުބާރާތުގައި މިހާތަނަށްވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒާކީ ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހައި، ޓީމަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފުގައި ފާހީ ޒުވާން ޓީމުން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް އިތުރު ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ނަމަވެސް ދެވަނަ ހާފު ފެށުމާއެކު މަރަދޫ ޓީމުގެ ތަޖުރިބާ އާއި ފިޒިކަލް ވަރުގަދަ ކަމުން މުޅި މެޗުގެ ކޮންޓްރޯލް މަރަދޫއަށް ބަދަލުވިއެވެ. މަރަދޫގެ ޒާކީ ހެޓްރިކް ހަމަކުރި އިރު އަބްދުﷲ އިލްފާފް، އަހުމަދު ޝާމަލް، މުހައްމަދު ޝަހާއު ކޮންމެ ކޮންމެ ކުޅުން ތެރިޔަކަށް ގޯލް ޖެހިއެވެ.މ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިން ގޯލް ޖެހި ޒާކީ މުޖުތަބާއެވެ.

މި ނަތީޖާއާއެކު އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތައް މިހާރު ވަނީ ޔަގީންވެފައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މައިލޯ ސިޓީ އާއި ލޮތާރި އެވެ. މި މެޗް އޮއްނާނީ ބުދަ ދުވަހުއެވެ. ސެމީ ގެ ދެވަނަ މެޗް ގައި ބައްދަލު ކުރާނީ މަރަދޫ އާއި ފޭދޫ ފްރެންޑްސް ކުލަބެވެ. މި މެޗް ކުޅޭނީ ބުރާސްފަތި ދުވަހެވެ.

މި ދެ މެޗަކީވެސް ވަރަށް ވާދަވެރި މެޗުތަކަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު