Friday, November 13
ރެއާލް މެޗަކުން މޮޅުނުވުމުގެ ސިލްސިލާ އަނެއްކާވެސް ދިގުލައިފި

ސްޕެނިޝް ލަލީގާގައި ޖިރޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗް 1-1 އެއްވަރުވެ ރެއާލް މެޗަކުން  މޮޅުނުވުމުގެ ސިލްސިލާ އަނެއްކާވެސް ދިގުލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޖިރޯނާއަށް ލީޑު ނަގައިދިނީ އޫނާހީ އެވެ. މި ގޯލުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެމްބާޕޭ ޖެހި ގޯލެއް ވީއޭއާރުން ނިންމީ ބޯޅަ އަތުން ކޮންޓްރޯލް ކުރިކަމަށެވެ.

ދެވަނަ ހާފު ފެށުމަށް ފަހު، ކޯޓުއާ ވަނީ ޖިރޯނާގެ ވާނަޓްއަށް ގޯލު ޖަހަން ލިބުނު ރަނގަޅު ފުރުސަތެއް ހުޓުވާފައެވެ. ރެއާލް މެޑްރިޑުން ޖިރޯނާ އަށް ޕްރެޝަރު އިތުރުކޮށް، މެޗުގެ 67 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލް ޖެހީ ލިބުނު ޕެނަލްޓީ އަކުން އެމްބާޕޭ އެވެ.

ރެއާލް މެޑްރިޑުން މޮޅުވާން ވަރަށް ބޮޑަށް މަސައްކަތްކުރިއިރު، ޖިރޯނާގެ ގޯލްކީޕަރު ގައްޒާނިގާ ވަނީ ވީނިސިއަސް ޖޫނިއާ އާއކ އެމްބާޕޭ ފޮނުވާލި ހަމަލާތަކެއް ހަފަހެއްޓިއެވެ. އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭއަށް ލިބުނު ފަހު ފުރުސަތު ބޭނުން ނުހިފި މެޗް ނިމިގެން ދިޔައެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑް ވަނީ 33 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. މި ވަގުތު ޓޭބަލްގެ އެއްވަނަ ގައި އޮތީ ބާސެލޯނާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު