ށ. މިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިލަންދޫ ކައުންސިލް ކަޕް 2025 ގެ ފައިނަލަށް ލިންކް ސްޕޯޓްސް އާއި ވޮލްކޯ ޔުނައިޓެޑު ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗުން މޮޅުވި މި ދެ ޓީމު ފައިނަލްގައި ބައްދަލުކުރާނީ އެޕްރީލް 10 ވަނަ ދުވަހުގެ ރޭ 8:45 ގައި މިލަންދޫ މާކޯ ސްޓޭޑިއަމުންނެވެ.
ރޭ ކުރިއަށްގެންދިޔަ މި މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗުގައި ބައްދަލުކުރީ ލިންކް ސްޕޯޓްސް އާއި ކަލާފާނު އެފްސީއެވެ. ފޯރިގަދަ ކުޅުމަކަށް ފަހު 5 ލަނޑުގެ ތަފާތަކާއެކު 9-4 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ލިންކް ސްޕޯޓްސް އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 10، އަޔާޒު އަޙްމަދެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވޮލްކޯ ޔުނައިޓެޑާއި އީގަލްސް އެވެ. މި މެޗު 5-3 ގެ ނަތީޖާއަކުން ވޮލްކޯ ޔުނައިޓެޑު ކާމިޔާބުކުރިއިރު، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 77، އިސްމާޢީލް ވަޖީހެވެ.

ފިޠުރު ޢީދާ ދިމާކޮށް މާރިޗު 31 ގައި ފެށި މި މުބާރާތުގެ އެންމެ ފަހު މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން