ސްޕެޝަލް އޮލިމްޕިކްސް (އެސްއޯ) މޯލްޑިވްސްއަށް ބެޑްމިންޓަން ކޯޗުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އެސްއޯ މޯލްޑިވްސް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެއް އަންހެން އަދި އެއް ފިރިހެން ބެޑްމިންޓަން ކޯޗު ހޯދަން ބޭނުންވާ ކަމަށެވެ.
އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ބެޑްމިންޓަން ކޯޗިންގ ހަދާފައި ހުރި ފަރާތްތަކަށް ވާންޖެހޭނެ ކަމަށާއި، އެ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 4،000ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށެވެ.
މި މަޤާމުގެ މަސްއޫލިއްޔަތަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އަންގާ ގޮތެއްގެމަތިން އެސް-އޯ މޯލްޑިވްސްގެ އެތުލީޓުންނަށް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.
މި މަޤާމުގެ މުއްދަތަކީ އެއް އަހަރު ކަމަށާއި، އަހަރު ގުނާނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އޭޕްރީލް 7 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީސް (ގަލޮޅުދަނޑު އެކަމަޑޭޝަން ބްލޮކް) އަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މި ލިޔުން ކިޔާލުމުން