Monday, November 16
ޗެސް އެސޯސިއޭޝަނަށް ޖެނެރަލް ސެކްރެޓަރީއަކު ހޯދަނީ

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޮވުމަށް އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި 12،000ރ. އާއި އިތުރު އެލަވަންސްގެ ގޮތުގައި 3،000ރ. އާއެކު މަހު މުސާރައިގެ ގޮތުގައި ޖުމުލަ 15،000ރ. ލިބޭނެއެވެ. މީގެ އިތުރުން އެ ފަރާތަކަށް ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޕެންޝަން ފައިސާވެސް ލިބޭނެއެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެސޯސިއޭޝަންގެ އިދާރީ އޮނިގަނޑާއި އެއްގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައް ކުރުމާއި ބެލެހެއްޓުމެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

އަދި ވަޒީފާ އަދާކުރަންޖެހެނީ 09:00 އިން 17:00 އަށް ކަމަށާއި، އެއް ގަޑިއިރުގެ ބްރޭކެއް ދެވޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އޭޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު