Monday, November 16
ސްވިމިންގ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން މިހާރު ހަމަޖައްސާފައި ވަނީ 24 އޭޕުރީލު 2025 ވާ ބުރާސްފަތި ދުވަހު ގުރޭޓަރ މާލެ ސަރަޙައްދުގައި ކަމަށާއި، މިގޮތަށް ހަމަޖެއްސީ އަހަރީ އާންމު ޖަލްސާބާއްވަން އިޢުލާނު ކުރި ތާރީޚަށް ޖަލްސާގައި ބައިވެރިވާން މެންބަރުން ރަޖިސްޓަރީވެފައިވާ ޢަދަދު މަދުވުމާއިއެކު މެންބަރުންނަށް އިތުުރު ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ޖަލްސާ ބާއްވާ ތަނާއި ވަގުތު ފަހުން އިޢުލާނު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެތެރެއިން މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސޯސިއޭޝަނަށް ދައްކަންޖެހޭ އަހަރީ ފީ 10 އޭޕުރީލު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ދައްކާ މެންބަރުންނަށް ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.

އަދި ހިންގާ ގަވައިދުގެ 32 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ސްވިމިންގ އެސޯސިއޭޝަނުގެ ހިންގާ ގަވައިދަށް ގެންނަން ފެންނަ އިސްލާހެއް ނުވަތަ އެޖެންޑާގައި ހިމަނަން ގެންނަ ބޭނުން ބަދަލެއް ވާނަމަ 10 އެޕުރީލު 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ލިޔުމަކުން އެސޯސިއޭޝަނަށް ހުށަހެޅުމަށްވެސް އިޢުލާނުގައި އެދިފައިވެއެވެ.

އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރީ ކުރާ މެންބަރުންނަށް 2024 ވަނައަހަރުގެ އަހަރީ ރިޕޯޓް، ޖަލްސާގެ ޔައުމިއްޔާ، ބަޖެޓް ރިޕޯޓް ފަދަ ލިޔެކިޔުންތައް ޖަލްސާ ފެށުމުގެ ލަސްވެގެން 7 (ހަތެއް) ދުވަސް ކުރިން ހިއްސާކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު