ކުރީގެ ކުޅުންތެރިންނަށް ޚާއްޞަ ކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އެފް.އޭ.އެމް ވެޓެރަންސް ލީގުގެ މިއަދު މެޗުގައި ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.
އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ މިއަދުގެ މެޗުގައި ވާދަކުރީ މުއިވެޔޮ އެފްސީއާއި އެޗްވީއެސް އެވެ. ނައިބު ރައީސް ކުޅުއްވީ މުއިވެޔޮ އެފްސީ އަށެވެ.
މާރިޗު 3 ވަނަ ދުވަހު ފެށި މި މުބާރާތުގެ ކުޅުން މި ފަހަރުގެ ކުރިއަށްދަނީ މާފަންނު ޓާފް ދަނޑުގައެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާގޮތަށް ރޭވިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން