ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައިި މިރޭ މެންޗެސްޓަރ ސިޓީން ރެޔަލް މެޑްރިޑް އާއި ދެކޮޅަށް ނުކުންނާނެ އެވެ.
މިރޭ މެންޗެސްޓާގެ އިތިހާދް ސްޓޭޑިޔަމް ގައި ފުރަތަމަ ލެގް ކުޅޭ އިރު ދެވަނަ ލެގް އޮންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މެޑްރިޑްގެ ބާނަބެއު ދަނޑުގަ އެވެ.
މި މެޗަށް ނިކުންނައިރު ރެޔާލް މެޑްރިޑް ކޯޗު އެންޗަލޯޓީގެ އެންމެ ބޮޑު ބޮލު ރިހުމަކަށް ވެފައި ވަނީ ޓީމުގެ ފަހަތަށް ކުޅޭ ގިނަ ކުޅުންތެރިން ތަކެއް އަނިޔާގައި ތިބުމެވެ.މި ގޮތުން ކާވަހާލް، ރޫޑިގާ، އަލަބާ އަދި މިލިޓާއޯ ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުފެންނާނެއެވެ.
''މިހާތަނަށް ޕެޕްގެ ކޯޗު ކަމުގެ ދަށުން ސިޓީ އާއި ވަރަށް ގިނަ ފަހަރު ކުރިމަތި ލައިފިން، ކޮންމެ މެޗަކަށް ވުރެ ދެން ކުޅޭ މެޗް އުނދަގޫ' މެޗުގެ ކުރިން އެންޗަލޯޓީ ބުންޏެއެވެ.
''ޕެޕް އެއީ ފުޓްބޯޅަޔަށް އިންގިލާބެއް ގެނެސްދިން ކޯޗެއް،ބޯޅަ ހިފެހެއްޓުމާއި އާއި އެޓޭކިން ފުޓްބޯޅައިގައި އެއީ ދެވަނަ އެއް ނެެތް ފަދަ ކޯޗެއް'' ގާޑިޔޯލާއަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުން އެންޗަލޯޓީ ބުންޏެއެވެ.
މި މެޗާ ކުރިމަތިލާ އިރު ފާއިތުވި ދުވަސްތަކުގައި ދަށް ނަތީޖާ ތަކެއް ސިޓީން ހޯދި ނަމަވެސް މާޒީޔަށް ނުބަލާ މެޗު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީން ކަން ގާޑިޔޯލާ ވަނީ ދީފައެވެ.
''އަހަރެމެން ކުޅެން ޖެހޭނީ ވަރަށް ބޮޑަށް ސަމާލު ވެގެން، މެޑްރިޑް ގައި އެ ތިބީ ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވާޑުން، ނަމަވެސް މެޑްރިޑް ގެ ބަލިފައިތަކަށް ސަމާލު ކަން ދީގެން ކުޅެފިި ނަމަ މެޗު ގެނެވޭނެ'' ގާޑިޔޯލާ ބުންޏެއެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައިި މިރޭ އިތުރު މެޗުތަކެއްވެސް ކުޅޭނެއެވެ.
ފްރާންސްގެ ޕީ.އެސް.ޖީ އެ ގައުމުގެ ބްރެސްޓް އާއި ދެކޮޅަށް ނިކުންނަ އިރު އިޓަލީގެ ޔުވެންޓަސް ނިކުންނާނީ ހޮލެންޑްގެ ޕީ.އެސް.ވީ އާއި ދެކޮޅަށެއެވެ.ޕޯޗުގަލް ގެ ސްޕޯޓިންގ ޖަރުމަނުގެ ޑޯޓުމަންޑު އާއި ދެކޮޅަށް ނިކުން އިރު، އިޓަލީގެ އެޓްލާންޓާ ނިކުންނާނީ ބެލްޖިޔަމްގެ ބުރޫޖާއި ދެކޮޅަށެއެވެ.ސްކޮޓްލޭންޑްގެ ސެލްޓިކާއި ޖަރުމަނުގެ ބަޔާން މިއުނިކް، ޕޯޗުގަލްގެ ބެންފީކާ އާއި ފްރާންސްގެ މޮނާކޯ އަދި ހޮލެންޑްގެ ފޭނޫޑާއި އިޓަލީގެ އޭ.ސީ މިލާން ކުޅޭ މެޗުތައްވެސް އޮންނާނީ މި ރެއެވެ.
މިރޭގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 22:45 އަދި ދަންވަރު 01:00 ޖަހާ އިރެއެވެ
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ކުޅޭގަޑިނުލިއުއްވަނީ ކީއްވެ
މި ލިޔުން ކިޔާލުމުން