ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ސިޓީން ބެލްޖިއަމްގެ ބްރާގާ އަތުން ފަހަތުން އަރައި 3-1 މޮޅުވެގެން ޕްލޭއޮފް ބުރުން ޖާގަ ހޯދައިފި އެވެ.
ސިޓީ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗްގައި ބްރާގާގެ އޮނިއެޑިކާ ވަނީ ފުރަތަމަ ހާފްގައި އެޓީމަށް ގޯލް ޖަހާ ކުރި ހޯދަދީފައެވެ. ސިޓީން މޮޅުކޮށްދިނީ ފަހު ހާފްގައި ކޮވެސިޗް، ސަވީނިޔޯ އަދި ބްރާގާގެ އޮޑަނޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ގަދަ 8 އަކުން ޖާގަ ނުލިބުމުން ސިޓީއަށް އަނެއް ބުރު ޔަގީންކުރުމަށް ނިކުންނަން ޖެހޭނީ ސްޕެއިންގެ ރިއަލް މެޑްރިޑް ނޫނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށެވެ. އެ މެޗަށް ވެވެން އޮތް އެންމެ ރަނގަޅަށް ތައްޔާރު ވާނެ ކަމަށާއި އުނދަގޫވި ނަމަވެސް މޮޅުވެވިދާނެކަމަށް މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިޔޯލާ ބުންޏެވެ.
ޕްލޭއޮފްގެ ގުރު ނެގުން އޮންނާނީ މާދަމާ އެވެ. އެ މަރުހަލާގެ ފުރަތަމަ ފުރަތަމަ ލެގް މެޗުތައް ކުޅޭނީ ފެބްރުއަރީ 11 އަދި 12 ގަ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގަ ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު އެތްލެޓިކޯ މެޑްރިޑް އިން 4-1 އިން ރެޑްބުލް ސަލްޒްބަރގް ބަލިކުރި އިރު ، ސްޕެއިންގެ ރިއަލް މެޑްރިޑްއިން ވަނީ ފްރާންސްގެ ބްރެސްޓް 3-0 ގެ ނަތީޖާ އަކުން ބަލިކޮށްފަ އެވެ.
ބާރސާ އެޓްލާންޓާ މެޗް 2-2 އިން އެއްވަރުވެގެން ނިމުނު އިރު އިންޓަރ އާއި މޮނާކޯ މެޗް ލައުޓާރޯ މާޓިނޭޒްގެ 3 ގޯލާއެކު ކާމިޔާބު ކުރީ އިންޓަރއިންނެވެ.
އިނގިރޭސި ވިލާތުގެ ލިވަރޕޫލް 3-2 ގެ ނަތީޖާއަކުން ހޮލެންޑްގެ ޕީއެސްވީ އަތުން ބަލިވި އިރު ، ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ ސޮލަވާކިޔާގެ ބޮރަޓިސްލާވާ 3-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
އާރސެނަލް ޖިރޯނާ ބައްދަލު ކުރި މެޗް 2-1ގެ ނަތީޖާ އަކުން އާސެނަލް ކާމިޔާބް ކުރި އިރު ބެންފީކާ އިން ވަނީ 2-0 ގެ ނަތީޖާއަކުން އިޓަލީގެ ގަދަ ބާރު ޔުވެންޓަސް ބަލިކޮށްފައެވެ.
ޕީއެސްޖީން 4-1 ގެ ނަތީޖާ އަކުން ސުޓުޓްގާޓް ބަލި ކުރިއިރު އޭސީ މިލާންގެ މައްޗަށް ޑިނަމޯ ޒަގްރެބް އިން ވަނީ 2-1 ލަނޑުން ކުރި ހޯދާފަ އެވެ.
ރޭ ފުރަތަމަ ބުރުގެ މެޗްތައް ނިމުމަކަށް އައި އިރު ގަދަ 8 ގެ ޖާގަ ޔަގީން ކޮށްފަވަނީ ލިވަރޕޫލް ،ބާސާ، އާސެނަލް،އިންޓަރ،އެތްލެޓިކޯ،ލެވަރކޫސަން، ލިޔޯން އަދި އެސްޓަން ވިލާއިން އެވެ.
މި ލިޔުން ކިޔާލުމުން