އާދިއްތަ, November 1
ވިއްސާރައިގައި ފޭދޫގެ 9 ގެއަކަށް ފެންވަދެ، އެއް ގެއިން އާއިލާއެއް ވަގުތީ ތަނަކަށް ބަދަލުކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ފެންވަދެ، ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން ކައްކައި ކައިބޮއި ހެދުމަށް ދަތިވި ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އަދި އެއް ގޭގައި ދިރިއުޅެވޭވަރަށްވުރެ ބޮޑަށް ފެންބޮޑުވުމާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ އާއިލާއަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ފޯރުކޮށްދީފައެވެ.

މި ވިއްސާރައިގައި އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއަށްވެސް ބޯކޮށް ވާރޭވެހި، ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ޒަރޫރީ ބޭނުމެއްގައި ނޫނީ އައްޑޫ ލިންކް ރޯޑު ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން މަޢުލޫމާތު ދޭ ގޮތުގައި، ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި، ކައުންސިލްތަކުގެ އިތުރުން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު