އާދިއްތަ, November 1
އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް އުސޫލަށް ބަދަލުކުރަން ބީއެމްއެލްއިން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް އިން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ހުށަހަޅާ ޕާސަނަލް ލޯނުތައް މިއަދުން ފެށިގެން އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ.

"އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ގެނެވުނު މި ބަދަލާއެކު، މިހާރު ބޭނުންކުރަމުންދާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ވެސް އިސްލާމިކް ހިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު ބީއެމްއެލްއިން ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިން ހިދުމަތްތައް ވެސް ލިބޭނެއެވެ.

މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރު އަތޮޅުތެރޭގެ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިންއަށް އިސްކަންދޭ ބްރާންޗްތަކަށް ބަދަލުކޮށްފައިވާއިރު، ބީއެމްއެލްގެ އިސްލާމިކް ފަންޑުތައް ހުންނަނީ ކޮންވެންޝަނަލް ފަންޑުތަކާ މުޅީން ވަކިކުރެވިފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، 2015 ގައި އިސްލާމިކް ބޭންކިން ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި މި ހިދުމަތަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަދި މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިން އަދި އެކަނި އިސްލާމިކް ކްރެޑިޓް ކާޑުގެ ހިދުމަތް ދެމުން އަންނަނީ ބީއެމްއެލްއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު